...................................................................................................................................................................................
މޫސާގެފާނުގެ
ޚާދިމުކަލޭގެއާއި، ރަން ފުނީގެ ވާހަކަ
މޫސާގެފާނު
ދަތުރުފުޅަކަށް ނުކުމެވަޑައިގަތީ، އަރިހުގައި ޚާދިމަކު ގޮވައިގެންނެވެ. ދަތުރުފުޅުގެ
ތެރޭގައި ކޮންމެ ދުވަހަކަށް ވެސް ތިން ރޮށި ފިހުމަށް ޚާދިމުކަލޭގެ ގާތުގައި
ވިދާޅުވިއެވެ. އޭނާ ދެންނެވިއެވެ. މި ތިބީ ދެ މީހުން ނޫންތޯއެވެ؟ ވީ އިރު، ތިން
ރޮށި ފިހަންވީ ކީއްވެތޯއެވެ؟ މޫސާގެފާނު ވިދާޅުވިއެވެ. އެއީ ތިމަންކަލޭގެފާނަށް
ރޮށްޓަކާއި، ކަލޭގެއަށް ރޮށްޓަކާއި އަދި އެހެން މީހަކަށް ރޮށްޓެކެވެ.
އަހަރެމެންނަށް
ނުފެނުނަސް، އެ މީހާ އަހުރެމެންނާއެކު އެބަ ދަތުރުކުރެއެވެ.
ޚާދިމުކަލޭގެ ތިން ރޮށި ފިހަމުން ގެންދެއެވެ.
މޫސާގެފާނަށް އެއް ރޮށި ފަރީކޮޅަށް އަރުވައި ދެވަނަ ރޮށި އޭނާ ކަނީ މޫސާގެފާނު
އަރިހުގައި އިދެގެންނެވެ، ތިންވަނަ ރޮށިވެސް ކަނީ އޭނާ އެވެ. އެ ރޮށި ކަނީ
މޫސާގެފާނު ޤަޟާ ޙާޖަތަކަށް ނަމަވެސް އެކަހެރިވެވަޑައިގަންނަވާ ވަގުތު ބަލައިގެން
ސިއްރުގައެވެ. އެ ރޮށީގެ ވާހަކަ މޫސާގެފާނު އައްސަވައިފިނަމަ ދަންނަވަނީ، އެ މީހާ
ކައިގެން ހިނގައްޖެ ކަމުގައެވެ. މީނާގެ މި ޢަމަލުތަކުން އޭނާއަކީ
ޚިޔާނާތްތެރިއެއްކަން އެނގިވަޑައިގަތް ނަމަވެސް މޫސާގެފާނު އެ ވާހަކަ އޭނާ ގާތަކު
ވިދާޅެއް ނުވެއެވެ.
ދަތުރު ކުރިޔަށް
ދަނިކޮށް، ޝަހަރެއްގެ ރަށްބޭރާއި ދާދި ކައިރިން ރަން ފުންޏަކާ ދިމާވެއްޖެއެވެ. މޫސާގެފާނު
ވިދާޅުވިއެވެ. މި ރަންތައް ބަހަންވާނި ތިންބަޔަކަށެވެ. ޚާދިމުކަލޭގެ ދެންނެވިއެވެ.
މި ތިބީ ދެމީހުން ނޫންތޯއެވެ؟ ވީއިރު ތިން ބަޔަކަށް ބަހަންވީ ކީއްވެ ތޯ އެވެ؟
މޫސާގެފާނު ވިދާޅުވިއެވެ. ނޫނެވެ. ތިންވަނަ މީހަކު އަހަރެމެންނާއެކު އެބަ
ދަތުރުކުރޭ ނޫން ހެއްޔެވެ.؟ ފިހާ ތިން ރޮށިން އެއް ރޮށި ކަނީ ވެސް އޭނާ ނޫން
ހެއްޔެވެ.؟ ޚާދިމުކަލޭގެ ދެންނެވިއެވެ. ނޫނެވެ. އެ ރޮށި ކަނީ ތިމަންނައެވެ. ވީމާ،
އޭނާއަށް ލިބެންވީ އެއްޗެއް ލިބެންވާނީ ތިމަންނަ އަށެވެ.
މޫސާގެފާނު ވިދާޅުވިއެވެ.
ޚާދިމުކަލޭގެއާއެވެ. ތިން ރޮށި ފިހަން ވިދާޅުވީ، ކަލޭގެ އަމާނާތްތެރިކަމުގެ އަޖުމަ
ބެލުމުގެ ބޭނުމުގައެވެ. ކަލޭގެއަކީ ޚަޔާނާތްތެރިއެއް އަމިއްލަޔަށް އިޢުތިރާފު
ވެއްޖައީމމު އެވެ. އެހެންވީމާ، ކަލޭގެއާއި ތިމަން ކަލޭގެފާނާ މިހިސާބުން
ވަކިވީއެވެ. ރަންފުނި އެކުގައި ކަލޭގެއަށް ދީފީމެވެ. ތިމަން ކަލޭގެފާނާއެކު ދެން
ނާންނާށެވެ. މިހެން ވިދާޅުވެ މޫސާގެފާނު ގިނިކަންޏާ ދަރުތުފުޅު ކުރިޔަށް
ގެންދަވައިފިއެވެ.
އެކުގައި ދަތުރުކުރަމުން
ދިޔަ ލުޓޭރުންގެ ދެ މީހުން، މޫސާގެފާނުގެ ޓީމާ ދާދި ގާތުން ދަތުރުކުރަމުން
ގެންދިޔައެވެ. މި ޚާދިމުކަލޭގެ އެކަނިވީކަން އެދެމީހުންނަށް އެނގުމުން ބާރަށް
ދަތުރުކޮށް އަރާ ހަމަކޮށްފިއެވެ. އަދި މީނާ ގެންގުޅެ ތަކެތީގެ ތެރޭގައި އެ މހުންނަށް
ބޭނުން އެއްޗެއް އޮތްތޯ ބަލަނިކޮށް އެއްކަލަ ރަންފުނި ވެސް ފެނިއްޖެއެވެ.
ލުޓޭރުންގެ ގާތުގައި މީނާ ބުންޏެވެ. މިއީ މަގުމަތިން ދިމާވި އެއްޗެކެވެ.
ތިންމީހުންނަށް ބަހާލަމާ ހިނގާށެވެ. ލުޓޭރުންވެސް ސައްލާކޮށް މި ގޮތާ
ރުހިއްޖެއެވެ.
އެވަގުތު ތިން މީހުންމެ
ތިބީ ބަނޑުހައި ވެފައިކަމުން، ކާނެ އެއްޗެއް ހޯދަން އެކަކު ދިޔުމަށާއި
އަނެއްދެމީހުން މުދަލުގެ މައްޗަށް ފާރަވެރިވާން ތިބުމަށް ނިންމައިފިއެވެ. އަދި
ޚާދިމުކަލޭގެ އަމިއްލަޔަށް އެދިގެން ކާބޯތަކެތި ގަންނަށް ޝަހަރާށް ހިނގައްޖެވެ.
މީނާ ދިއުމުން ލުޓޭރުންގެ ދެމީހުން ނިންމީ، އެ ކަލޭގެ އެނބިރި އައުމުން އޭނާ މަރައި ސަހަރާގައި
ވަޅުލުމަށްފަހު ރަންފުނި އެ ދެމީހުންގެމުދުގައި ބެހުމަށެވެ. ކޮންމެއަކަސް މީނާ
އެނބުރި އައުމުން އެ މީހުން ގަސްތުކުރި ގޮތަށް އޭނާ މަރައި ސަހަރާގައި
ވަޅުލައިފިއެވެ.
ލުޓޭރުންގެ ދެ މީހުންނަށް
މި ދަތުރުން ލިބުނު ނަފާގެ މަތިވެރިކަމާހެދި އުފާކުރަމުން މި ދެމިހުން ގަސްދުކުރީ
ދަތުރު ކުރިޔަށް ގެންދިޔުމުގެ ކުރިން، އެއްކަލަ ޚާދިމުކަލޭގެ ގެނައި މީރު
ކާބޯތަކެއްޗާއި މެވާ ކާލައި އަރާމުކޮށްލައިގެން ދަތުރު ފަށުމަށެވެ. އެގޮތުގެ
މަތިން ވަރަށް އުފަލުން މަޖާކުރަމުން ކައި ކާބޯތަކެތި ހުސްކޮށްލައިފިއެވެ.
ނަމަވެސް، ޚާދިމުކަލޭގެ މި ކާބޯތަކެތި
ގެނައީ މި ދެމީހުން މަރައިލުމަށްޓަކައި ޒަހަރު ލައިގެން ކަމަށްވާތީ، ކުޑަ
ހިނދުކޮޅެއްވެސް ނުވަނީސް މި ދެމީހުން ބޯއަނބުރައި ހޮޑުލަމުންގޮސް މަރުވިއެވެ.
...................................................................................................................................................................................
އަންހެން ޖާދޫގަރެއްގެ ގާތަށް ދިޔަ ދެމަފިރިން
އެތައް އަހަރެއް ވަންދެން އަލަތު
ކާވެނީގެ މަތީގައި ދެމިތިބި ދެމަފިރިއަކު، އަންހެން ޖާދޫގަރެއްގެ ގާތަށް ދިޔަ އެވެ.
އެ ދެމަފިރިން ބޭނުންވާ ކޮންމެވެސް ކަމެއް ޙާޞިލުކުރުމުގެ މުހުތާދުގަ އެވެ. އެ ދެމަފިރިންނާ
ކުރިމަތިލައި، އަންހެން ޖާދޫގަރު ބުންޏެވެ
"ތިޔަ ދެމަފިރިން އުމުރުން 25 އަހަރުގައި
އަލަތު ކާވެނިކޮށް، އެ ކާވެނީގެ މަތީގައި ދެމިތިބޭތާ 35 އަހަރު ވެއްޖެ ނޫން ހެއްޔެވެ؟
ތިޔަ ދެމަފިރިން މިއަދު ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙަޤީޤަތަކަށް ހަދައިދީފާނަމެވެ.
އެކަމަކު، ތިޔަ ދެމަފިރިންކުރެ ކޮންމެ މީހަކަށް އެދެވޭނީ އެންމެ ކަމަކަށެވެ."
އެހިނދު އަނބިމީހާ
ބުންޏެވެ.
"ތިމަންނާ އެދޭ ކަމަކީ، ތިމަންނާގެ
ފިރިމީހާ އާ އެކު، ދުނިޔޭގެ ހުރިހާ ގައުމަކަށް ދިގު ދަތުރެއް ކުރުމެވެ."
ދެން އެ ޖާދޫގަރު
ބަހުލަވާނީ ޙަރަކާތްތަކަކާ އެކު، އޭނާގެ އަތުގައިވާ އަސާގަނޑު ދެތިން ގޮތަކަށް އަނބުރާލި
އެވެ. އެހިނދު، މުޅި ދުނިޔެ ވަށާ ދަތުރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ދެ ޓިކެޓް
އެ އަސާގަނޑުން ބޭރުވި އެވެ. ދެން ޖާދޫގަރު އެ ދެ ޓިކެޓް، އެ ދެމަފިރިންގެ އަތަށް ދިނެވެ.
ދުނިޔެ ވަށާ ދަތުރުކުރުކުރުމުގެ
ޓިކެޓް ލިބުމުން އެއާމެދު ފިރިމީހާ ވިސްނާލި އެވެ. އެހިނދު އޭނާގެ ވިސްނުމަށް އައީ،
އޭނާގެ އަނބިމީހާ އަށްވުރެ ޅަޒުވާން ޖިންސްލަޠީފަކާ އެކު، ދުނިޔެ ވަށާ ދަތުރު ކުރުމަށެވެ.
ދެން އޭނާ ބޭނުންވަނީ ކޮންކަމެއްކަން ހާމަކުރަމުން ބުންޏެވެ.
"ތިމަންނާ އެދޭ ކަމަކީ، ތިމަންނާ
އަށްވުރެ ތިރީސް އަހަރު ހަގު ޖިންސްލަޠީފަކާ އެކު، ދުނިޔޭގެ ހުރިހާ ގައުމަކަށް ދިގު
ދަތުރެއް ކުރުމެވެ."
ފިރިމީހާ މިހެން
ބުނުމުން، އެ ޖާދޫގަރު ބަހުލަވާނީ ޙަރަކާތްތަކަކާ އެކު، އޭނާގެ އަތުގައިވާ އަސާގަނޑު
ދެތިން ގޮތަކަށް އަނބުރާލި އެވެ. އެހިނދު، ފިރިމީހާގެ އުމުރު 35 އަހަރު މަތިވެ، އަނބިމީހާގެ
އުމުރު 35 އަހަރު ދަށްވި އެވެ! ހިނދުކޮޅެއްގެ ތެރޭގައި ފިރިމީހާގެ އުމުރު 90 އަހަރަށް
ވާޞިލުވެ، އޭނާ އަބަހައްދަވެފައިވާ މުސްކުޅިއަކަށް ބަދަލުވެ، އަނބިމީހާގެ އުމުރު
25 އަހަރަށް ތިރިވެ، އޭނާ ޒުވާން ޖިންސްލަޠީފަކަށް ބަދަލުވީ އެވެ!
މި ވާހަކައަކީ،
އަންހެން ކަނބަލުންގެ ކުރިމަތީގައި މާ ބުއްދިވެރި ކަމަށް ހެދިގެން އުޅޭ ފިރިހެނުންނަށް
އޮތް ޢިބްރަތްތެރި ވާހަކައެކެވެ. އެފަދަ ފިރިހެނުން ދަންނަން ޖެހޭ ޙަޤީޤަތަކީ، ޒަވާޖީ
ޙަޔާތުގެ ކަންތައްތަކުގައި ޖާދޫ ހަދައިގެން އަންހެން ކަނބަލުންނަށްވުރެ މޮޅު ނުވެވޭނެ
ކަމެވެ. އެހެނީ، އަސްލު ޖާދޫގަރުންނަކީ، އަންހެން ކަނބަލުންނެވ
އެހުވަފެނުގެ އަސަރު
އެހެން ދުވަހެކޭ އެއްގޮތަށް މިއަދުވެސް ސާރިމް ބޭރުގައި ހުރި މިދިލި ގަސްދޮށުގެ ޖޯލީގައި ޖައްސަލިތަނާ ލޯމެރިއްޖެއެވެ. މެންދުރު 12 ޖެހިވަގުތެވެ. އެހެން އޮއްވާ މޫސުންވެސް ބަދަލުވެއްޖެއެވެ. ވައި ވެސް ބާރުވާން ފަށައިފިއެވެ. ސާރިމަކަށް މި ވާގޮތެއް ރޭކާވެސް ނުލައެވެ. ވައި ގަދަވެ ވިއްސާރަ ވެސް ވެހެން ފަށައިފިއެވެ. ސާރިމަށް ފެންނަމުން ދަނި މުޅީން އެހެން މަންޒަރެކެވެ. އާނއެކެވެ. ސާރިމް މިހާރު އެ އޮތީ އެހެން ދުނިޔެއެއް ގައެވެ. ސަރާސަރު ބިމެކެވެ. ނުދެކޭ ވައްތަރުގެ މާމެލާމެއްޔެވެ. އެކި ކުލަކުލައިގެ ކޮކާތަކެވެ. އިތާމުތެއްފަދަ އަންހެން ކުދިން ބަގީޗާ ތަކުގައި އޮށޯވެގެން އޮވެ ކުރަމުން ގެންދާ ހަރަކާތްތަކެވެ. ސާރިމް...ސާރިމް ވަރަށް ކައިރިން އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. ވަށާ ހޯދަން ފެށިއެވެ. ކުރިއަށް ހިނގައި ގަތް ތަނާ ރަތް ދޫލައެއް އަޅާފައި އޮތް މަގެއް ފެނުނެވެ. ސާރިމް އެ ރަތް ދޫލައިގެ މަތިން ހިނގާލައިފައި އައި އިރުވެސް އެތަނަކީ ކޮންތަނެއްކަން ނޭގެއެވެ،
އެއީ އެ ސަހަރުގައި އުޅޭ ބިރިނީސް ޖިންނީގެ ގަނޑުވަރެވެ. މި ބިރިނީސް ޖިންނި އަކީ އެސަހަރުގައި ވަރަށް ބާރުގަދަ އެހާމެ ހެޔޮ ފުޅު ރަސްކަލެކެވެ. އޭނާގެ ދެ އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިން އުޅެއެވެ. މި ޖިންނި ދުވާލު ގަޑީގައި އުޅެނީ ގަސްކަރަ މަތިގައެވެ. އެ ސޮރުމެންނަށް އިންސާނުންގެ ކިބައިން ތަފާތު އުދަގޫތައް ފޯރާތީއެވެ. ސާރިމު އަށް މި ގަނޑުވަރަށް އާދެވުނު ވަގުތަކީ ބިރިނީސް ޖިންނީގެ ދޮށީ އަންހެން ދަރި ބިމަމޫނިސާ އެ ގަނޑުވަރަށް ތިރި ކޮށްލެވުނު ވަގުތު ކަމުން ސާރިމް ފެނުނެވެ. އެހެނެއް ކަމަކު ސާރިމަކަށް އެ ޖިންނި ނުފެނެއެވެ. ސާރިމު އަކަށް ގަނޑު ވަރަކަށް ނުވަދެވުނެވެ. ނަމަވެސް ދޮރު ހުރީ ހުޅުވިފައެވެ. ކުރި އަށް ފިޔަވަޅު އަޅާއިރަށް މީހަކު އޭނާގެ އަތުގައި ހިފާފައި ފަހަތަށް ދަމާލައެވެ. ސާރިމު ބިރުން ހުރެ ވަށާ ހޯދާލިއެވެ. އެކަކުވެސް ފެންނަން ނެތެވެ. އޭ މިހިރަ އާދަމް ގެފާނުންގެ ދަރިޔާ އެވެ. މީސް މީހުންގެ ގެދޮރަށް ވަނުމުގެ ކުރިން ސަލާން ނުގޮވަނީ ހެއްޔެވެ؟ އަންހެން ޖިންނި ޖަވާބު ދިނެވެ. " ތިއީ ކާކު؟ " ސާރިމް ކުރީ ސުވާލެކެވެ. ޖިންނި ބުނެލިއެވެ. " މި އީ އަހަރެންގެ ބައްޕަ ބިރިނީސް ގެ ގަނޑުވަރު މި ގަނޑު ވަރަށް ތި ގޮތަށް މަގު އޮޅިގެން މަދު މަދުން އިންސަނުން އާދެއެވެ. އެކަމަކު ތީނަ ފިޔަވާ އެހެން ހުރިހާ ޒާލިމުންވެސް އިސްލަމި ސަލާމުން ސަލާން ގޮވަތެވެ. އެހެން ކަމުން އެ މީހުންނަށް ގަނޑު ވަރަށް ވަދެވެއެވެ. ބައްޕަ ބުނުއްވަފައި އޮންނަނި ސަލާން ގޮވާލައިފިއްޔާ އެމިހަކު ވަނުން މަނާ ނުކުރުމަށެވެ. ހަޤީގަތުގައި މި ދޮރު ކައިރީގައި އަބަދުވެސް ދޮރުވާނުން ރެޔާ ދުވަލު ގާޑު ކުރަމުން ގެންދެއެވެ. ސަލާން ނޮގުވާ ވަންނަން އުޅޭ ކޮންމެ ފަހަރަކު އެމީހުން ހިފަހައްޓަނެއެވެ. މާ ގިނަ އިން އެގޮތަށް ތަކުރާރު ވެއްޖެ ނަމަ އެމިހާ ގެ ދުލުގައި ގޮށެއް ޖަހާނެއެވެ.
މި ވަގުތު އަހަރެންނާ އި ސާރިމް ދިމާ ނުވި ނަމަ އަބަދަށް ސާރިމަށް އުޅެން ޖެހުނީ ވާހަކަ ނުދެއްކޭ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މި ޢައުވާނުން ސާރިމް ހިފަހައްޓާނެއެވެ. ބައްޕަ އަންނަން ދެނެވެ. އެހެރަ އިރު އޮއްސެނީއެވެ. ކޮއްކޮ މެންވެސް އަދި މަންމަ ވެސް އަންނަން އުޅެނީއެވެ. ދެނަމާދު ދޭތެރެ މައުރިބް ނަމާދައި ޢިޝާ ނަމާދު ދޭތެރެ އަކީ އަހަރެމެން ތިބި ތަނެއްގައި ތިބެފައި މުޅި ދުނިޔެ އަށް ފެތުރިގެންނަ ވަގުތެވެ. އަހަރެމެން ގެ ޢާއިލާ އަކީ މުސްލިމް އަޤީދާ ގަބޫލު ކުރާ ޢާއިލާ އެކެވެ. ކޮއްކޮ މެންވެސް ވަރަށް ދީނަށް ލޯބި ކުރެތެވެ. މިސްކިތުގައި ކިޔަވާން މީހުން ތިބޭ އިރު މިސްކިތަށްވެސް އަރައެވެ. އެކަމަކު އިންސަނުންނަކަށް އަހަރެމެން ނުފެންނާނެއެވެ. އަދި އެމިހުންނަށް އުދަގޫ ނުވާނެހެން މިސްކިތުގައި ކޮއްކު މެން އަޅުކަމުގައި ވަގުތު ހޭދަކުރެތެވެ. އިރު ކޮޅެއް ނުވެ އަސްދާނު ގޮނޑި ކޮޅެއް ގެ މަތީގައި ބިރިނީސް އާއި އޭނާގެ އަންހެނުން ލާމިޔާ ފަލަކު ވަޑައިގަތެވެ. އަދި އޭނާގެ ފަސްކުދިން ދާމީނުއް ސައްޔާހް ، ފިރާގުލް މަޙްތޫމީ ، ޖާއިޒުލް ބާރީ، އަޙްތަރު ބިލާނީ، ސާދިގުލް އިބްކިޔާމުން، ވެސް އަރިހުގައި ގެންނެވި އެވެ. މީއީ ކާކުތަ؟ ބިރިނީސް އެއްސެވިއެވެ. ބައްޕާ މިއީ މަގު އޮޅިގެން މި ޝަހަރަށް އާދެވުނު އާދަމް ގެފާނުންގެ ދަރިއެއް. .ބިމަމޫނިސާ ޖަވާބު ދިނެވެ.
ސާރިމަށް އޮވެ ވުނީ ސަހަލު ހުވަފެނެއްގަ އެއް ނޫނެވެ. ސާރިމް ސާރިމް ..ދަރިފުޅާ ހޭލަ ބަލަ އެހެރަ ރޭގަނޑުވެ ދަންވެ އެގާރަ ޖަހަނީ.. ތިއީ މެންދުރު ގއެހެރަ މިދިގަސްދޮށުގައި ނުދަން އޮތް މީހާ ... ސާރިމް އަށް ހޭވެރިކަން ވީ ދެނެވެ. ތެދެކެވެ. މަންމަ ކީއްވެ މަށަށް ރޭގަނޑު ވީމަ ނު ގޮވީ؟ މަންމަ ހީކުރި ދަރިފުޅު އޮތީ އޭ ފޯނު ކުޅެން . ނޭގެނެ އެއް ނުން. ފޭސްބުކުގަ ވިއްޔަ މިހާރު ސާރިމު މެން އޮންނަނީ؟... އެކަމަކު ކާން ނާންނާތީ ލަސްވެގެން މަންމަ މި އައި ދެންވެސް ފެންވަރއިގެން އާދޭ ބަތް ކާން.
ސާރިމް ތެދުވެގެން ހިގައި ގަތްތަނާ އަންހެންކުއްޖެއް ގޮވަލިއެވެ. އެ އަޑުގައި ދަންނަ ފާޑުގެ އަޑަކައި ވައްތަރެވެ. ސާރިމް މާބޮޑު
ކަމެއް ކަމަކަށް ނަހަދާ ގެއަށް ވަނެއެވެ. މިދި ގަހުން ވަރުގަދަ އައްޔެއް ވިދާލާފައި ދިޔައެވެ..(. ނުނިމޭ )
...........................................................................................................................................................................................................
ކަމެއް ކަމަކަށް ނަހަދާ ގެއަށް ވަނެއެވެ. މިދި ގަހުން ވަރުގަދަ އައްޔެއް ވިދާލާފައި ދިޔައެވެ..(. ނުނިމޭ )
...........................................................................................................................................................................................................
ފާރިޝް
ވެހެމުންދިޔަ ބޯވާރޭ މަޑުމަޑުންތުނިވެ ހިމަފޮދު ތިކިތަކެއް ފަދައިން ވެހެމުން ދިޔައެވެ. އޮފީސްތަށް ނިމި މީހުންނަށް ގެޔަށް ނުދެވި ތިބެއަތަށް އިރެއްވެއްޖެއެވެ. ވާރޭ ތުނިކޮށްލާ ކޮންމެ ވަގުތަކު އެމީހަކު ދާންބޭނުންވާ މަންޒިލަށް ދިއުމަށް އަވަސްވެގަނެއެވެ. މަންޒިލާހަމަށް ދިއުމުގެ ކުރިން އެހެން އަށްސޭރިއަކަށް މަޑުކުރަންބޭނުންނުވާ ކަހަލައެވެ.
ފާރިޝް ހުރީ ފަރީދީމަގުގައި ހުރި ގެއެއްގެ ދޮރާށި ތެރޭގައި ވެހެމުންދިޔަ ހިމަފޮދުވާރޭތެރޭގައި ދާހިތްނުވެފައެވެ. ވިސްނެމުންދިޔައީ މިއަދު ހެނދުނު ފާރިޝް އޮފީހަށް ދާން ގެއިންނިކުތްއިރު ދުނިޔެ ދައްކަމުންދިޔަ ކުލައާއި ހަވީރުވިއިރު ދުނިޔެ ދައްކަމުން މިދާކުލައަށެވެ. ހެނދުނުގެ ރަންއަވީގައި ޖެހުމުންދިޔަ މަޑުމޮޅި ވައިރޯޅި ކިހާ ހިތްގައިމު ހެއްޔެވެ. އެހިތްގައިމުކަން މަޑުމަޑުން ބަދަލުވެ މިހާރުމިވަނީ ދުނިޔެމަތީ ހިތާމައިގެ ސާލެއް ލެވިފައިވާހެންނެވެ. ވައިރޯޅީގައިވަނީ ރުޅިވެރިކަމުގެ އިހްސާސް ތަކެވެ.
މިހިޔާލްތަކުން ފާރިޝް ހޭލައްވާލީ ދުވަމުން ކަހަލަ ގޮތަކަށް އައިސް ދޮރާށި ތެރެއަށް ހިޔާވާން ވަތް އަންހެންކުއްޖާއެވެ. ބަލާބެލުމަށް ފާރިޝްއާއި އެއް އުމުރެއްގެ ޒުވާން އަންހެންކުއްޖާ ސޮރީ އޭބުންޏެވެ. ފާރިޝް ޖަވާބުގައި އިޓްސް އޮކޭ ބުންޏެވެ. ދެމީހުންވެސް ވެހެމުންދިޔަ ހިމަފޮދުވާރޭ އަށް ބަލަން ތިއްބެވެ. މާގިނަ އިރެއްނުވެ ވާރޭ ވަރަށް ބޮޑަށް ތުނިވެއްޖެއެވެ.
ފާރިޝް ދޮރާށި ތެރެއިން ނިކުމެ ކުރިމަތީ ހުރި ސައިކަލްއަށް އަރަމުން ދޮރާށި ތެރޭގައި ހުރި އަންހެންކުއްޖާ ދިމާލަށް ބުނެލިއެވެ. “ގެއަށް ގެން ގޮސްދީފާނަން ، ހިޔެއްނުވޭ މޫސުން ރަގަޅުވާނެ ހެނެއް” އެއަންހެންކުއްޖާއަށް ޖަވާބުނުދެވި އުޅެނިކޮށް ވިދާލި ވިދުވަރާއި އެކު ގުގުރީގެ އަޑު ދެމިގެން ދިޔައެވެ.
ފާރިޝް ސައިކަލް ސްޓާޓް ކޮށްލުމާއެކު އެ އަންހެންކުއްޖާ އައިސް ސައިކަލަށް އެރިއެވެ. ފާރިޝް އެހިއެވެ. “ކޮންތާކަށް ގެންގޮސްދޭންވީ” އެއަންހެންކުއްޖާ ބުންޏެވެ. ޖަނަވަރީމަގަށް ….އެމަގުގަ ހުންނާނެ ފެއަރީ ކިޔާ ފިހާރައެއް އެފިހާރަ ކައިރިއަށް” ފާރިޝް އާއި އެއަންހެންކުއްޖާ އާއި ދެމެދު އިތުރު އެއްވެސް ވާހަކަ ނުދެކެވެއެވެ. އެންމެ ކުޑަމިނުން ނަންވެސް ދެމީހުންކުރެ އެކަކުވެސް ނާހައެވެ.
އާދައިގެ ސްޕީޑެއްގައި ފާރިޝް ސައިކަލް ދުއްވަމުން ދިޔައެވެ. އަންހެން ކުއްޖާ ބުނިތަނަށް އާދެވުމުން ސައިކަލުން ފައިބަމުން ތެންކްސް އޭބުނެ އެކުއްޖާ ފައިބައިގެން ދިޔައެވެ. ފަސްއެބުރި ބެލުމެއްނެތި ފާރިޝް ނައްޓާލިއެވެ.
ފާރިޝްއައިސް ގެއަށްވަނެވެ. އެހެންދުވަސް ތަކެކޭ މައަދެކޭ ފާރިޝްއަށް ތަފާތެއްނޫނެވެ. ނަމަވެސް މިއަދަކީ ތަފާތު ދުވަހެއްކަމަށް އިހްސާސްވީ ފާރިޝްގެ އަންހެނުން ޝާހީނާއަށެވެ. ފާރިޝް ފާހަނައިން ނިކުތްއިރު ޝާހީނާ ހުރީ ހަމަރަނގަޅަށްވެސް ފެށިފައިވާ ދިރިއުޅުމުގެ ދުވަހަކުވެސް އެދެމަފިރިންގެ ކިބައިން ނުފެންނަށް މަންޒަރަށް ތައްޔާރުވެއެވެ.
ތިޔައައީ ކޮންތާކުންތޯ ރުންކުރު ރާގެއްގައި ޝާހިނާ އެހިއެވެ. ފާރިޝް ހީކުރީ އޮފީހުން ލަހުން އައުމުން ޝާހީނާ ޝަކުވާ ކުރަން އުޅޭހެންނެވެ. ޝާހީނާގެ ކޮލުގައި ހިފާލަމުން އޮފީހުން ނޫން ދެން ކޮންތަނަކުންހޭ ބުންޏެވެ. ޝާހީނާ ފާރިޝްގެ އަތް ފޮޅާލިއެވެ. ދުއްވާ ނިމިގެން ކަމަނާފާނު ގެޔަށް ލެވުނީމަދޯ ތިއައީ ޝާހީނާގެ ރުޅި އިންތިހާއަށް ގޮސްހުރެ ބުންޏެވެ. ފާރިޝްއާއި ދިމާލަށް އެތަށް އެއްޗިއްސެ ކިޔަން ފެށިއެވެ.
ފާރިޝް ވީގޮތް އޮޅުން ފިލުވުމަށް އޭނާގެ ވާހަކަ އަޑުއެހުމަށް އާދޭސް ކުރަމުން ދިޔައެވެ. ފާރިޝް ދައްކާ ވާހަކަ ޝާހީނާ އަޑު ނާހާނެކަން އެގުމުން ފާރިޝް ގެއިން ނިކުމެގެން ދިޔައެވެ.
މިސްރާބެއްނެތި ދުއްވަމުން ދިޔަ ސައިކަލް މަޑުކޮށްލީ ސުނާމީބިނާ ކައިރިއަށެވެ. އޭރު މުޅިމީހާވަނީ ތެމިފޯވެފައެވެ. ދުނިމަތި އަދިރިވެ މީހުން މަގުމަތީ އުޅޭލެއް މަދުވެފައެވެ. މިއަދުވީ ކަންތަކާއި މެދު ފާރިޝް ވިސްނަމުން ދިޔައެވެ. އެއްވެސް ގޯސް ނިޔަތެއްނެތި އިންސާނިޔަތުކަމަށް ޓަކައި މީހަކަށް ކަމެއް ކޮށްދިނުމަކީ ކުށަކަށް ނުވާއިރު ބަޔެއް މީހުންނަށް އެކަން ނުވިސްނެނީ ކީއްވޯ އަމިއްލަ ނަފްސާ ސުވާލުކުރެވެމުން ދިޔައެވެ. މިއަދު ދިމާވި އަންހެން ކުއްޖާ ދެވަނަ ފަހަރަށް ފެނުނު ނަމަވެސް ފާރިޝްއަށް އަކަށް ނޭގޭނެއެވެ. އެވަރަށް އެސޫރަ ހިތަކު ނުކުރެހެއެވެ.
ޝާހީނާ އެދުމަތީ ރޯން އޮތެވެ. ފާރިޝް ގެއަށް ނައިސް ގިނައިރުވަމުން ދިޔަވަރަކަށް ޝާހީނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ފާރިޝްއާއި ޝާހީނާ ބައްދަލުވި ދުވަހުން ފެށިގެން ކައިވެންޏާއި ހަމައަށް އާދެވި ކައިވެންޏަށް އެއް އަހަރު އިރުވެސް ދުވާހަކުވެސް އަންހެން ކުއްޖެއްގެ
މައްސަލައެއް ނުޖެއެވެ. ދެމީހުންގެވެސް ހުރިހާ ކަމެއް ދެމީހުންނަށް ޝެއަރ ކުރެއެވެ. ވީއިރު އެކުވެރިއަކު ގުޅާފައި ބުނި އޭނައަށް ފެނުނު މަންޒަރެއްގެ ވާހަކަ އެއްގައި ފިރިމީހާއަށް ކުރި އިތުބާރު ގެއްލުވާލަން ވާނެބާއެވެ. ޝާހިނާގެ ހިތަށް އަރަމުން ދިޔައެވެ.
ޝާހީނާ ގޮތްހުސްވެ ކޮޓަރީގައި ދެކޮޅަށް ހިގަން ފެށުނެވެ. މޭޒުމަތީގައި އޮތް ފާރިޝްގެ ފޯނުނެގިއެވެ ގަޑިން ނުވައެއް ޖެހީއެވެ. ފޯންގެ ޕާސްވޯރޑް ޖަހާ ހުޅުވާލިއެވެ. ފާރިޝްގެ އައިޑީއިން ފޭސްބުކް އަށްވަނެވެ. މެސެޖްތަށް ބެލިއެވެ. ފޯންގެ ކޯލް ލިސްޓްއަދި މެސެޖް ބެލިއިރުވެސް ޝާހީނާ ނުއްދަންނަ ފާރިޝް ދަންން މީހަކަށް ވާހަކަ ދައްކާފައެއް ނެތެވެ.
ފާރިޝްއަށް އެތަނުގައި އިދެވުނީ ކިހާއިރެއްވަންދެން ކަންވެސް ނޭގެއެވެ. ވައިރޯޅިގަނދަވެ ހަށިގަނޑު ތުރުތުރު އަޅަންފެށިއެވެ. ކެތްނުވާވަރުވުމުން ސައިކަލްގައި ނައްޓާލިއެވެ.
ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް ޝިމާއު އައިސް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ ފާރިޝްއެވެ. ޝިމާއުއަކީ ފާރިޝްގެ އެންމެގާތް އެކުވެރިޔާއެވެ.
ޝިމާއު ހުރީ ފާރިޝް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ފާރިޝްނައިސްގެން ޝާހީނާ ޝިމާއު އަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދީފައި އޮތުމުންނެވެ. ކޮންމެވެސް ގަޑި އެއްގައި ޝިމާއު ކައިރި އަށް ފާރިޝް އަންނާނެކަން ޝިމާއުއަށް އެގެއެވެ. ޝާހީނާގެ އެކުވެރި ޒީނަތުއަށް މިއަދު ފެނުނު މަންޒަރު ޒީނަތު ޝާހީނާ އަށް ފޯނުކޮށްފައި ބުނުމުން އުފެދުނު މައްސަލަ ހައްލުކުރުމަށް ޝިމާއު ވާހަކަދެއްކިއެވެ. ފެންނަ ކޮންމެ މަންޒަރެއްގެ ފަހަތުގައި ވެސް ނޭގި އެތައް ކަންތަކެއްވެއެވެ. ހަޤީޤަތް ނުބަލާ މަންޒަރުން އެކަނި ސިފަވާއެއްޗެއް އެކި މީހުންނަށް ސިފަވާނީ އެކިގޮތަށެވެ.
ޝިމާއުގެ ވަރަށްގިނަ ވާހަކަތަކާއި ނަޞޭހަތުގެ ސަބަބުން ފާރިޝްގެ ވިސްނުން ބަދަލުވިއެވެ. ފާރިޝް ޝިމާއުމެންގެއަށް އައީ މިރޭ ގެއަށް ނުދާން ނިއްމައިގެންނެވެ. ނަމަވެސް ރަގަޅު އެކުވެރިންނަކީ މަގުއޮޅިދާ ވަގުތު ތިމާގެ އަތުން އަތްދޫކޮށްލާނެ އެކުވެރިންނެއްނޫނެވެ. އެއަތުގައި ހިފައި އެމަގުން ސަލާމަތްކުރާ ބަޔެކެވެ. ޝިމާއުއަކީ އަޙްލާގްރަގަޅު ފާރިޝްގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވަމުންއަންނަ މީހެއްކަމުން އެކުވެރިޔާ ކުރިމަތީ ދެކޮޅު ހަދަން ނުކެރުމުން ގެއަށް ދިޔައީއެވެ.
ފާރިޝް ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އެދުގަ އިށީންދެގެން އިން ޝާހީނާއަށް ކޮޅަށް ތެދުވެވުނެވެ. ލޮލަށް ޖަމާވަމުން ދިޔަކަރުނަތަށް ހިފހެއްޓުމެއްނެތި އޮހެން ފެށުނެވެ. މަޑުމަޑުން އައިސް ފާރިޝްގެ މޭގައި ލައްވެލިއެވެ. ފާރިޝް ޝާހީނާ އޭނާގެ ގަޔާ ދުރުކޮށްލުމަށް ފަހު ފާހަނާއަށް ވެނެވެ. ޝާހީނާގެ އަށް ބާރަށް ރޯންފެށުނެވެ. ފާރިޝްފެންވަރަށް ފެށިއެވެ. ފާރިޝްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް އިހްސާސް ވަމުން ދިޔައެވެ. ފެންވަރައިގެން ނިކުތްއިރު ޝާހީނާ ސައި ހިފައިގެން އައިސް ކޮޓަރިއަށް ވަންނަނީއެވެ.
ފާރިޝް އެދުގައި އޮށޯތުނެވެ. ޝާހިނާ ފާރިޝްކައިރީ އިށީންދުނެވެ. މަޢާފަށް އެދި އާދޭސް ކުރިއެވެ. ހަވީރުއްސުރެއް އެއްޗެއްނުކައި ހުރުމުން ފާރިޝް ހުރީ ބަނޑުހައިވެފައެވެ. އެހެންކަމުން ތެދުވެ
ސައިބޯން ފެށިއެވެ. ހޫނު ހޫނު އެ ސައިތަށިން ފާރިޝްގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލުއިމަކެއްގެނުވަމުން ދިޔއެވެ. ސައިބޮއިނިމުމުން އަނެއްކާވެސް އޮށޯތުނެވެ.
ޝާހީނާ އިށީދެގެން އިންތަނުގައި އިނެވެ. ޝާހީނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ފާރިޝް ދެލޯމަރާލިއެވެ. ފާރިޝް ކަހަލަ ތެދުވެރި އޯގާތެރި ފިރިއެއް އެކުވެރިއެއްގެ އެެންމެ ބަހަކުން އަޅާ ކިޔުނީތީ އަމިއްލަ ނަފްސް ކުށްވެރި ކުރިއެވެ. ދުވަހަކުވެސް ދެން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ބުނަމުންދިޔައެވެ.
ޝާހީނާ ރޮމުން އެވާހަކަތަށް ދައްކަމުން ދިޔައެވެ. ރޮއިރޮއި ޝާހީނާ ވަރުބަލިވިއެވެ. ޝާހީނާ ފާރިޝްގެ މޫނަށް ބަލާލިއެވެ. އެމޫނުގައިވާ ވަރުބަލިކަން އިހްސާސް ކުރެވުނެވެ ޝާހީނާ ދެއަތުން ފާރިޝްގެ މޫނުގައި ފިރުމާލިއެވެ. ފާރިޝްގެ މޭގައި ބޯއަޅައިގެން އޮށޯތުނެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތަށް ފޮހެލުމަށް ފަހު ފާރިޝްގެ އަތުގައި ހިފިއެވެ. ފާރިޝް ދެއަތް ޝާހީނާގެ ހަށިގަނޑު ވަށާލިއެވެ.
(ނިމުނީ)
.....................................................................................................................................................................................
މާމަލުގެ އެ މަލަކާ
10 އަހަރަށް ފަހު ހައިޝަމް ކެންދޫއަށް އައީ ބޮޑުދައިތަ ދެކިލުމަށެވެ. މިއަދަކީ އީދުދުވަހެވެ. ހައިޝަމް އަކީ މިހާރު ކިޔަވައިގެން ހުރި 25 އަހަރުގެ ޒުވާނެކެވެ. ހަޔާތުގެއެންމެ ހިތްދަތި ދުވަސްތައް ހޭދަކުރަން ޖެހުނީ ބޮޑުދައިތަ އާއިއެކު އެވެ. މަންމައެއްގެ ލޯބި ދިނީ ބޮޑު ދައިތަ ފާތާނިކެއެވެ. އެ ދުވަސްތަކުގެ މަތިން ހަނދާން ކުރާކަށް ހައިޝަމް ބޭނުމެއް ނުވެއެވެ. މަންމައާއި ބައްޕަ ވަކިވެގެން ހައިޝަމް ބޮޑުދައިތަ ބޮލަށް ޖަހާފައި ދިޔަ ދުވަސް އަދިވެސް ހައިޝަމް ހަނދާން އެބަހުއްޓެވެ. މަންމަ އިނގުރައިދޫ މީހަކާ ހިތާވެގެން ދިޔައީ ރާ އަތޮޅަށެވެ. އޭގެ ދެމަސްފަހުންކެޔޮޅު ހުސޭނުބެމެންގޭ ދޯނި އެހެލަން އުޅެނިކޮށް ދޯނި ދަށުވެ ބައްޕަ މި ދުނިޔެ ދޫކުރިއެވެ. އޭރު ހައިޝަމްގެ އުމުރުން ދިހައަހަރެވެ.
ބޮޑުދައިތަގެ ފަން ޖިފުޓިގަނޑުތެރޭގައި ހައިޝަމްގެ އެކަނިވެރި ދިރިއުޅެން ހޭދަކުރަމުންދިޔައެވެ. ކުޑަ ތުއްތު ނިޔާވިތާ 12 އަހަރުވެއްޖެއެވެ. ބޮޑުދައިތަގެ ދުވަސްތައް ހޭދަކުރަމުން ދިޔައީ އެ ފަންޖިފުޓިގަނޑުގައި އެކަންޔެވެ. ތުއްތުގެ ފޮޓޯ ލޯގަނޑެއް ބޮޑުއަށި ކައިރީ އެލުވާފައި ހުރެއެވެ. ތުއްތުގެ ހަނދާންތަކާއި ފާތާނިކެ ވަކިކާށް ބޭނުމެއް ނުވެއެވެ. ތުއްތު ނިޔާވުމަށް ފަހުން ފާތާނިކެއަށް ލިބުނު ހަމައެކަނި އުފަލަކީ ހައިޝަމްއެވެ. އެ އުފާވެސް ދޫކޮށްލަން ޖެހުނީ ހައިޝަމްގެ މުސްތަގްބަލަށްޓަކައެވެ. އެއީ ވެސް އީދު ދުވަހެކެވެ. ވަލުގަނޑުވަރު ޅަ ސީދީ ކެންދޫއަށް އައީ އީދު ކުޅިވަރުތައް ބަލާލުމަށެވެ.
“ފާތާނިކޭ، މި ސޮރު އަހަރުމެންގޭގައި ބަހައްޓަން މާލެ ފޮނުވަންވީނު؟ ފާތާނިކެ ކިހިނެއް މި ސޮރު ބަލާނީ. އަހަރެން ހައިޝަމް އަށް ކިޔަވައިދޭނަން”
“ތީ އަހަރެންގެ ހަމައެކަނި އުފާ. ލޮލުގެ ފިނިކަން. ކިހިނެއް އެ ސޮރު މާލެއަށް ފޮނުވާނީ؟”
ސީދިބެ އެތައް އިރަކު ވާހަކަ ދައްކައިގެން ފާތާނިކެ ހައިޝަމް މާލެ ފޮނުވަން އެއްބަސްވިއެވެ. ހިތާއި ދެކޮޅަށެވެ. ހައިޝަމް ކިޔަވައިގެން އައިސް ކެންދޫ ބޮޑު ކަތީބު ކަމާއި ހާވާލުވާ ދުވަސް ދެކެން ފާތާނިކެ އަބަދުވެސް ބޭނުންވެއެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. ހައިޝަމް ކިޔަވައިގެން ރަށަށް އައި އިރު އިހުގެ ވެރިކަމުގެ ނިޒާމް ވަނީ ބަދަލުވެފައެވެ. ކަތީބުންނާއި ނައިބު ބޭކަލުން ނަކީ މާޒީއެވެ. ޑިމޮކްރަސީއަކީ ކަރުދާސް އަޅާ ފޮއްޓެއްގެ ގޮތުގައި ފާތާނިކެއަށް ސިފަވިޔަސް ހައިޝަމްއަށް ޑިމޮކްރަސީ އަކީ އެންމެ ފުރިހަމަ ވެރިކަމުގެ ނިޒާމްކަން އިނގެއެވެ. ޓަސްމޭނިޔާ ޔުނިވާރސިޓީއިން ޕޮލިޓިކަލް ސައިންސް އިން ހައިޝަމް ޑިގްރީ ނިންމީ ސިޔާސީ މީހަކަށް ވާށެވެ.
ރޭގަނޑުގެ ވަގުތެވެ. ހައިޝަމް އެކަނި ހިނގާފައި ކެންދޫ މަގާމްފުޅާ ދިމާ އަތިރި މައްޗަށް ފޭބިއެވެ. ހައިޝަމްގެ އެކަނިވެރި ރޭތަކުން ބައެއް ހޭދަކުރީ މި އަތިރިމަތީ ރުއިމުގައެވެ. ގޭތެރެއިން ހައިޝަމް ނުފެނުމުން ފާތާނިކެ އަންނަނީ މަގާމްފުޅާ ދިމާ އަތިރި މައްޗަށެވެ. ނާމާން އެ ގޮނޑުދޮށުގައި އެކަނި ހައިޝަމް ރޯތަން ބަލާކަށް ފާތާނިކެއަށް ކެތެއްނުވެއެވެ. އަތުގައި ހިފައިގެން ފާތާނިކެ ހައިޝަމް ގެއަށް ގެންދާނެއެވެ. ހައިޝަމް ބޭނުންވީ އެ ދުވަސްތައް ހޭދަކުރި އެ ދޮންވެލި ގޮނޑުދޮށުގައި ބުރުހަމަ ހަނދަށް ބަލަހައްޓައިގެން ހުންނާށެވެ. މިއަދު ބޮޑުދައިތަ ހައިޝަމް ބަލައެއް ނާންނާނެއެވެ.
ޖިންނިއާއި ހަންޑީގެ ވާހަކަތައް ހައިޝަމް އަބަދުވެސް އަހައެވެ. މި އަތިރިމަތިން ދަންވަރު ނާމާން އަޑު އިވޭ ވާހަކައާއި މަހުގެ ކަށިފަތިތަކާއި ލޭބޮއެ މަރާލާފައިވާ ބުޅާ އަދި ރަތް ހާ ފެންނަ ވާހަކައަކީ ރަށު އެންމެ އޭރު ދައްކާ ވާހަކައެވެ. އޭރު ހައިޝަމް އެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. މިއަދު ވަކި ގަބޫލުކުރާން ވީ ކީއްވެހެއްޔެވެ؟ އެއީ 90 އަހަރުތަކެވެ. ޖިންނިއާއި ލޭބޯ ހަންޑީގެ ވާހަކަ ހައިޝަމް ގަބޫލު ނުކުރިޔަސް އަބަދުވެސް ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ. އެއީ ހިތްތަދިކަމުގައި ހަމަ މި ފުނަގަސް ދޮށުގައި ހައިޝަމް އިން ރެޔެކެވެ. 1991 ވަނަ އަހަރުގެ ހިޔަރަކާތް ވިލޭރެއެވެ. ތަބްރޭޒްގެފާން މަގާމްފުޅުގައި މާލޫދުކިޔަވާތަން ބެލުމަށް ހައިޝަމް އައީ މިސްކިތްމަގުންނެވެ. އަންނަމުން އައީ ހަރީރާމެންގޭ ފިނިފެންމާ ގަހުން ރަތް ފިނިފެންމަލެއް ބިނދެގެންނެވެ. މާލޫދު ނިމުމުން ހައިޝަމް ދިޔައީ އެކަނިވެރި ރޭތައް ހޭދަކުރާ ފުނަގަސް ދޮށަށެވެ. ދޮންވެލިގަނޑު މަތީގައި އޮށޯވެލައިގެން ވިލާތަކާއި ނިވާވަމުން ދާ ހަނދަށް ބަލަން ހައިޝަމް އޮތެވެ. ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ފިނިފެންމަލުގެ މީރު ވަހަށެވެ. ދެލޯ ހުޅުވައިފައި ބަލައިލިއިރު މީހަކުނެތެވެ. ހައިޝަމް ހައިރާންވިއެވެ. ނޭފަތުގައި ފިނިފެންމާ ޖެއްސީ ކާކުބާއެވެ؟
“ހައިޝަމް”
ހައިޝަމް ފަހަތް ބަލާލިއެވެ. ފަނޑު ހަނދުވަރުގެ ތެރެއިން ރަތް ލިބޭހެއް ފެނުނުހެން ހައިޝަމް އަށް ހީވިއެވެ. ހޭވެރިކަން ވީއިރު އޮތީ ގޭ ބޮޑުއަށި މަތީއެވެ. ދުން މުޖުމަރާއިން ދުން އަރުވަމުން އަލީ ތައްހާން ކޮންމެވެސް އެއްޗެއް ކިޔަވަމުން ދެއެވެ. މޫނަށް ފެންޖަހާފާނެއެވެ. އަތުގައި އޮތް ތަވީދަށް އިތުރު ގޮށެއް ޖާހާފާނެއެވެ. ވެގެން އުޅޭގޮތެއް ހައިޝަމް އަކަށް ނޭނގެއެވެ. ކަރުގައި އަތްލުމުން ދިލަ ނަގަންފެށިއެވެ.
އެއީ 1991 ވަނައަހަރެވެ. މިއީ 2013 ވަނައަހަރެވެ.
ކެންދޫ ސްޓޭޖްގައި އީދު ޝޯ ކުރިއަށް ދަނީއެވެ. ގަޑިން ބާރަ ޖަހައިފިއެވެ. ހައިޝަމް އެކަނި ފުނަގަސް ދޮށުގައި އިނެވެ. ދިވެހި ލަވާއާއި މިޔުޒިކަކީ ހައިޝަމް މާ ގަޔާވާ އެއްޗެއް ނޫނެވެ. ޕޮއެޓްސް އޮފް ދަ ފޯލްގެ ކާނިވަލް އޮފް ރަސްޓް ޖަހައިގެން ހައިޝަމް ހަނދަށް ބަލަންއޮތެވެ. މިޔުޒިކަކީ ހިތުގެ ދިރުމެވެ.
“ހައިޝަމް! ހައިޝަމް!” ކައިރިން އަންހެއް ކުއްޖެއް ގޮވާއަޑެއް ހައިޝަމް އަކަށް ނީވެއެވެ.
މަލަކާ ފިނިފެންމަލުން ހައިޝަމްގެ ނޭފަތުގައި ޖެއްސިއެވެ. ކުއްލިއަކަށް ހައިޝަމް ދެލޯ ބޮޑުކޮށްލާފައި ބަލާލިއެވެ. ހައިރާންވެފައި ހައިޝަމް އަށް ބަލަން ހުރެވުނެވެ. ހޫރެއް ފަދަ ރީތި އަންހެއް ކުއްޖެއް ކައިރީ އިށީނދެގެން އިނެވެ. ރަތް ލިބާހުން މަލަކާގެ ރީތިން އިތުރަށް ހާމަކޮށްދެއެވެ. އަތުގައި ރަތް ފިނިފެންމަލެއް އޮތެވެ. އެއީ ހަމަ އެ މަލެވެ. ހައިޝަމްއަށް ފާހަގަ ނުވި ނަމަވެސް އެއީ ހަމައެމަލެވެ. ހަރީރާމެންގޭ ފިނިފެންމާ ގަހުން 1991 ވަނަ އަހަރު ހިޔަރަކާތް ވިލޭރޭ ބިން ރަތް ފިނިފެންމަލެވެ.
“ތީ ކާކު؟ ޝޯގަ ނަށަން ހުރި ކުއްޖެއްހެން ހީވޭ އަލީ ރަމީޒްގެ ލަވައަކަށް…. ބޯވަޅު އެޅި ރަތް ލިބާސް ލައިގެން ތަކަހޮޅި އަޅާ، ފައިގެ ދެފުންނާބުގައި ވާ ދެ ކަށިން ވެސް ހިނގާ.”
“ނޫން! އަހަރެންނަކީ މާމަލުގެ މަލަކާ. ފުރަތަމަ ހައިޝަމް ފެނުނީ 1991 ވަނަ އަހަރު. ހަމަ މިތަނުން. މި ފުނަގަސް ދޮށުން. ހަނދާންވޭތަ؟ މި ފިނިފެންމާ؟” ހައިޝަމް އަށް މިއީ ހުވަފެނެއް ކަމެއް ނުވަތަ އަސްލު މަންޒަރެއް ކަމެއް ނޭނގުނެވެ. މަލަކާ؟ މިރަށުގައި އެއް އިރަކު ވެސް މަލަކާ ކިޔާ ކުއްޖެއް ނޫޅެއެވެ.
“ކީއްވެ ތިބަލަނީ؟”
ހައިޝަމް ގަނޑުވެފައި އިނެވެ. މަލަކާ ހީނލިއެވެ. ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއް ކަމެއް ހައިޝަމް އަކަށް ނޭނގުނެވެ. މަލަކާގެ ދިގެ ދެ ފޭރާ ދަތް ހައިޝަމްގެ ލޮލުގައި އަޅައެއް ނުގަތެވެ. މަލަކާގެ ފައިގައިވާ ތޫނު ކަށިން ހައިޝަމްގެ ފައިތިލައިގައި ކޫރުން އަޅުވަފިއެވެ. ހައިޝަމް އަޅައެއް ނުލިއެވެ.
“މިތާ ކީއްކުރަނީ؟ މިރަށުގައި މަލަކާ ކިޔާ ކުއްޖެއް ނޫޅޭނެ”
“މިއީ އަހަރެންގެ ގެ. މިއީ އަހަރެންގެ ރަށް. އަހަރެންގެ އެންމެ ދުރު ކާފަ މި ރަށަށް އައީ ތަބްރޭޒްގެފާނު ކިޔާ މީހަކު މީގެ 800 އަހަރު ކުރިން މި ރަށަށް އައި އިރު އެ ބައްތެލީގަ. މާލެއިން”
“އެހެރީ ތަބްރޭޒްގެފާނު މަގާމް ފުޅު. އެތާ ތެރޭތަ އުޅެނީ؟ ހެހެ”
ހައިޝަމް ހީކުރީ ކުއްޖަކު ޖެއްސުންކުރަނީ ކަމަށެވެ. އެހެންވެ ހައިޝަމްވެސް ބޭނުން ވީ މަލަކާއާ ދިމާކުރާށެވެ.
“ތި ހީކުރީ ރަނގަޅަށް. ހައިޝަމްއަށް ނޭނގޭ ކިތަންމެ ކަމެއް، ކުދިންނެއް މި ރަށުގައުޅޭ. ނުފެންނަ ހުރިހާ އެއްޗަކީ ނެތް އެއްޗެހިކަމަށް ބަލަނީ ކީއްވެ؟ އަހަރުމެންނަކީ ވެސް އުޅޭ ބައެއް. އަހަރުމެން އުޅޭކަމުގެ ނިޝާންތައް ދޫކުރަން. މަހުގެ ކަށިފަތި. ލޭބޮއެ ހުސްކޮށަފައިވާ ރަތް ހާ. ކަޅު ބުޅާ”
“އަހަރެން ވަރަށް ބިރު ގަނެއްޖެ”
ހައިޝަމް ބޭނުންވީ އަދިވެސް މަލަކާއާ ޖެއްސުންކުރާށެވެ.
“ހިނގާ ތުނޑިކޮޅަށް ދާން. މިހާރު ޝޯވެސް ނިމިއްޖެއެއް ނު؟” މަލަކާގެ ކެހިވެރި މަޅީގައި ހައިޝަމް ޖެހޭކަށް މާ ގިނައިރެއް ނުނަގައެވެ. ލެއަށް ފެންބޮވައިގެންފައިވާ މަލަކާ ރަގަނޅު ވަގަތަކަށް އިންތިޒާރު ކުރަމުން ދަނީއެވެ.
ތުނޑިކޮޅުގައި މަލަކާއާއި ހައިޝަމް ކައިރިވަމުން ދިޔައެވެ. އުޑުމަތިން ހަނދުގެ އަލިކަން ގެއްލިއްޖެއެވެ. ބޯވިލާގަނޑެއް ހަނދާއި ތުނޑިކޮޅާ ދެމެދަށް ހުރަސް އަޅައިފިއެވެ. ތުނޑިކޮޅަށް ލިބެމުންދާ ހަމައެކަނި އަލިކަމަކީ ރާޅުޖަހާފަށުގައި ލާފައިވާ ރެދަނެވެ. ނޫ ކުލައިގެ ފަނޑު އަލިކަމެކެވެ. މަލަކާއާއި ހައިޝަމް އިތުރަށް ގާތްވަމުން ދިޔައެވެ.
“ތީ އަސްލުވެސް މި ރަށު ކުއްޖެއްތަ؟ ” ހައިޝަމް އެހިއެވެ.
މަލަކާ ޖަވާބެއް ނުދިނެވެ. މަލަކާ ބޭނުންވީ ޝަހުވަތުގައި ބެހެމުންދާ ހައިޝަމް އިތުރަށް ޝަހުވަތުގެ ކަނޑުގައި އޮޔާ ދުއްވާލާށެވެ. މަލަކާގެ މޫނަށް އަންނަމުން ދާ ބަދަލުތަކެއް ހައިޝަމްއަކަށް ނުފެއެވެ. މަލަކާގެ ދެ ފޭރާ ދަތް އިތުރަށް ދިގުވިއެވެ. މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. ހައިޝަމްގެ ގައިގައި ބައްދާލައިގެން މިހާރު އޮތީ އެ ރީތި މަލަކާއެއް ނޫނެވެ. ބިރުވެރި ސޫރައެކެވެ. ހައިޝަމްއަށް އެކަން އިނގޭނެނަމައެވެ.
މަލަކާގެ ދެ ލޮލުން ރަތް ކުލައިގެ އައްޔެއް ދުރަށް ފޮނުވާލިއެވެ. ދުރުން ބަލާ މީހަކަށް ފެންނާނީ ތުނޑިމަތީ ރަތް ކުލައިގެ ދެ އަލިފާކޮޅު އިންހެނެވެ. މަލަކާގެ އަސްލު ސޫރައަށް ބަދަވަމުން ދިޔައެވެ. ފައިގެ ފުންނާބުގައި ވާ ކަށި އިތުރަށް ނުކުންނަމުން ދިޔައެވެ. މަލަކާގެ ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެވެމުން ދިޔައެވެ.
ހައިޝަމްގެ ހޭވެރިކަން ނެތުނީ ތޫނު ދެ ކަށި ކަރަށް ހަރާލިހެން ހީވުމުންނެވެ. ހައިޝަމްގެ ވޭނީ އާހް ގެ އަޑު ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. މަލަކާގެ ދިގެ ދެ ފޭރާ ދަތުން ލޭތައް ފައިބަމުން ދިޔައެވެ. އެ ބިރުވެރި ސޫރަ ހައިޝަމްގެ ތުންފަތް ހަފާލައިގެން ކާންފެށިއެވެ. މަލަކާގެ ކާނާ ލިބުމުން މަލަކާގެ ދެ ފިޔަ ހުޅުވާލާފައި ކައިރީއޮތް އަންހެނުން ފުއްޓާއި ދިމާއަށް އުދުހިގެން ހިނގައްޖެއެވެ. ބޯ ވިލާގަނޑަކާއި ނިވާވި ހަނދުގެ އަލިކަން އަލުން ތުޑިކޮޅަށް ލިބެން ފަށައިފިއެވެ. ހައިޝަމްގެ ފުރާނަނެތް މަސްގަނޑުގެ ކައިރީ ކަޅު ބުޅަލެއް އައިސް އޮތެވެ. މާދުރުގައި ރާޅުޖަހާފަށުގައި ރަތް ފިނިފެންމަލެއް އޮތެވެ.
ފާތާނިކެ ގެއިން ބޭރަށް ނިކުތީ އަޑުގަދަ ވީމައެވެ.
“ކިހިނެއް ވެގެން މިއުޅެނީ؟”
“ނޭނގެ. ތުނޑިކޮޅުގައި މީހަކު މަރާލާފައި އެބަ އޮތޯ. މުޅިގައިގަ ލެޔޯ އޮތީ. އީދަށް ރަށަށް އައި ކުއްޖެކޯ”
ފާތާނިކެއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
“އަނެއްކާ އަހަރެންގެ ހައިޝަމްބާ؟”
(ނިމުނީ)




No comments:
Post a Comment