Sports






......................................................................................................................................................................


މާމެންދޫ ޔޫތު ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފި

  • ފިރިހެން ބައިގެ ޗެމްޕިއަންކަން އަމީގޯސް ހޯދީ 4-0 ން ރޯޔަލް ބަލިކޮށްގެން
  • އަންހެން ބައިގެ ޗެމްޕިއަންކަން ރޯޔަލް ހޯދީ ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ވިކްޓޯރިއަސް ބަލިކޮށްގެން

ގއ. މާމެންދޫގައި ކުރިއަށްދިޔަ "އެމްއެމް ޔޫތު ކަޕް 2020" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ޑިވިޝަނަކަށް ބަހައިލައިގެން ކުރިޔަށްދިޔަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމެއް ވާދަކުރިއިރު، އަންހެން ޑިވިޝަނުގައި ހަތަރު ޓީމެއް ވަނީ ވާދަކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރި ޓީމުތަކަކީ އެފްސީ ވަކަންޑާ އާއި، ޕްރޮގްރެސިވް ސްޕޯޓްސް ކުލަބާއި، އެފްސީ އަމީގޯސް އާއި، ރޯޔަލް ސްޕޯޓްސް ކުލަބާއި، ޔަންގްސްޓާ އާއި، އޮޑެމަގާ އާއި، ބްލެކްޓައުނާއި، އެފްސީ ލެޖެންޑްސް އަދި އިރުމަތި އެފްސީއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަމީގޯސް ހޯދީ ފައިނަލް މެޗުގައި 4-0 ގެ ނަތީޖާއަކުން ރޯޔަލް ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އިރުމަތި އެފްސީގެ ނަޒީފް ޝަރީފާއި، އަމީގޯސްގެ ރުހާން ރިފްއަތާއި، އަޝްހަމް ހުސެއިން ދީދީ އާއި، ރޯޔަލުގެ ޖާދުﷲ ރަޝީދު އަދި ޕްރޮގްރެސިވްގެ މުސީފް އަބްދުލް ގަފޫރެވެ. ފިރިހެން ޑިވިޝަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދީ ޔަންގްސްޓާގެ މަސްއޫދު ސައީދެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ހަތަރު ޓީމެއް ވާދަކުރިއިރު، އެ ޓީމުތަކަކީ އެފްސީ ވިކްޓޯރިއަސް އާއި، ރޯޔަލް ސްޕޯޓްސް ކުލަބާއި، ޔަންގްސްޓާ އަދި ޓީމު ސިއޯއެވެ. އެގޮތުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ވިކްޓޯރިއަސް ބަލިކޮށް ހޯދާފައިވަނީ ރޯޔަލް ސްޕޯޓްސް ކުލަބުންނެވެ.

މިބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސިއޯގެ މުސްލިމާ މުހުސިން އާއި، ވިކްޓޯރިއަސްގެ ޖަޒްލީ ޖަމާލާއި، ޝައިމާ މުޙައްމަދާއި، ރޯޔަލްގެ އައިމިނަތު ސުދާ އަދި ޔަންގް ސްޓާގެ ރިފްގާ ރިޔާޒެވެ.

އަދި އަންހެން ޑިވިޝަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދާފައިވަނީ ވިކްޓޯރިއަސްގެ ދެ ކުޅުންތެރިން ކަމަށްވާ ޝައިމާ މުޙައްމަދާއި ޔޫނާ އަޙްމަދެވެ.











































































......................................................................................................................................................................


"ކައުންސިލް ކަޕް 2018



.....................................................................................................................................................................



"މަހަ ރޭހާ 1441 "އީދު ފޯރި 



















 އެން ފައިވް ކަޕް 2020 






















ޕްރޯ ޢީދު ކަޕް 2017 ފުޓްސަލް މުބާރާތް އަންނަ ހޯމަ ދުވަހު މާމެންދޫގައި ފަށަނީ





"ޕްރޯ ސަޕްލަޔާސް" ގެ ފަރާތުން ގއ. މާމެންދޫ ޒުވާނުންނަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ބާއްވާ ޕްރޯ ޢީދު ކަޕް ފުޓްސަލް މުބާރާތް މި މަހުގެ 4 ވާ ހޯމަ ދުވަހު ފަށަން މުބާރާތް ކުރިއަށް ގެންދާ ޖަމިއްޔާ، ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް" (އެސް.އެމް.އެސް) އިން ތައްޔާރު ވެއްޖެވެ.


މި މުބާރާތުގައި 7 ޓީމެއް ބައިވެރިވެފައިވާއިރު މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ގއ. މާމެންދޫ ގައެވެ. މި މުބާރާތުގެ ގުރުވަތު ނެގުން އޮންނާނީ ސެޕްޓެމްބަރ 2 ވަނަ ދުވަހުގެ ރޭ 20:30 ގައި ގއ. މާމެންދޫ ސްކޫލްގައެވެ. 

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަކަށް -/5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް -/500 ( ފަސް ސަތޭކަ ) ރުފިޔާގެ ފައިސާގެ އިނާމްވެސް ދިނުމަށް ވަނީ ނިންމާފައެވެ. 

މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ މާމެންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ޢީދުގެ ފޯރި އިތުރުކޮށް ފުޓްސަލްގައި މޮޅެތި ކުޅުންތެރިން ތަކެއް އުފެއްދުން ކަމަށް މުބާރާތް އިންތިޒާމްކޮށް، ރާވާ ހިނގާ އެސް.އެމް.އެސް ޖަމިއްޔާއިން ބުނެއެވެ. 

މިދިޔަ ފިތުރު އީދުގައި ވެސް އުރީދޫ މާމެންދޫ ވަންޑޭ ކަޕްގެ ނަމުގައި އެސް.އެމް.އެސް ޖަމިއްޔާއިން ވަނީ ކާމިޔާބު ފުޓްސަލް މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގއ. މާމެންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށް ފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބާއި ޕްރޮގްރެސިވް ސްޕޯޓްސް ކަލަބެވެ. މި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބުންނެވެ. 

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ :

1. އެފް ސީ ކަދެމަލެ
2. ޕްރޮގްރެސިވް ސްޕޯޓްސް ކުލަބް
3. ބްލެކް ޓައުން
4. ޔަންގް ސްޓަރ
5. ޕީކޭ
6. އިރުމަތީ ސްޕޯޓްސް ކުލަބް
7. އެފް ސީ ސްޕާޓަންސް





......................................................................................................................................................................



އުރީދޫ މާމެންދޫ ވަން ޑޭ ކަޕުގެ ޗެމްޕިއަންކަން އިރުމަތީ ކްލަބަށް





އުރީދޫ މާމެންދޫ ވަން ޑޭ ފުޓްސަލް ކަޕު 2017ގެ ޗެމްޕިއަންކަން އިރުމަތީ ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގއ. މާމެންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށް ފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބާއި ޕްރޮގްރެސިވް ސްޕޯޓްސް ކަލަބެވެ. މި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބުންނެވެ. ފައިނަލް ޓީމުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީމުގެ މުހައްމަދު ޝަމީޒެވެ. 

މުބާރާތުގެ ޗެމްޕިއަން ޓީމަށް -/2000 ރުފިޔާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ވަނީ -/1000 ރުފިޔާގެ އިނާމެއް ދީފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި އެންމެ މޮޅު ކީޕަރުގެ އިތުރުން އެންމެ މޮޅު ކޯޗު ވެސް ވަނީ ހޮވާފައެވެ.


މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް އިރުމަތީ ސްޕޯޓްސްލަބުގެ ކީޕަރ ހާނިމް ހޮވިފައިވާއިރު އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ލިބިފައިވަނީ ހަމަ އެކްލަބުގެ ކޯޗު، ސާދް ސައީދަށެވެ. 

ކާމިޔާބު މުބާރާތަކަށްފަހު ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ސޮސައިޓީ އޮފް މާމެންދޫ ސްޕޯޓްސްއިން ވަނީ މުބާރާތް އިންތިޒާމް ކުރުމުގައި އެހީތެރިވި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު އައްސަދާއި، ގއ. މާމެންދޫ އިދާރާ އާއި ގއ. މާމެންދޫ ސްކޫލުގެ އިތުރުން ދާންދޫ މިއުޒިކް އެޑިފިޝޭކަޝަން އެންޑް ސްޕޯޓްސްގެ ނަން ވަނީ ފާހަނގަ ކޮށްލާފައެވެ. 

މީގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިތުމަތްތައް ފޯރުކޮށްދެމުންދާ އުރީދޫ މޯލްޑިވްސުން މިމުބާރާތް ސްޕޮންސާ ކުރެއްވީތީ އެފަރާތަށް ވެސް މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ހާއްސަ ޝުރުކުރެއް ދަންނަވާފައެވެ. 

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ:-

  • މުހައްމަދު ޝަމީޒް / އިރުމަތީ ސްޕޯޓްސް ކްލަބު



  • މުހައްމަދު ވާރިޝް / އިރުމަތީ ސްޕޯޓްސް ކްލަބު



  • ޔޫނުސް އަންވަރު / އިރުމަތީ ސްޕޯޓްސް ކްލަބު



  • މުހައްމަދު ހާޝިމް / ޕްރޮގްރެސިވް ސްޕޯޓްސް ކްލަބު



  • އަހުމަދު ޝަމީމް / ޕްރޮގްރެސިވް ސްޕޯޓްސް ކްލަބު






  • ......................................................................................................................................................................




    އުރީދޫ މޯލްޑިވްސް މާމެންދޫ ވަން ޑޭ ކަޕް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި






    މި މަހުގެ 27 ވަނަ ދުވަހު ގއ. މާމެންދޫގައި ފެއްޓުމަށް ހަމަޖެހިފައިވާ އުރީދޫ މޯލްޑިވްސް ވަން ޑޭ ކަޕް 2017 ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

    މި ވަން ޑޭ ކަޕުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުމުން އެ މުބާރާތުގައި 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި މިފަހަރު ބައިވެރި ވެފައިވާ ޓީމުތަކަކަކީ ޕްރޮގްރެސިވް ސްޕޯޓްސް ކުލަބް، އެފްސީ ބްލެކް ޓައުން، އިރުމަތީ ސްޕޯޓްސް ކުލަބް، އެފް ސީ ކަދެމަލެ، ކުލަބް ޕީކޭ، މާމެންދޫ ޔަންގް ސްޓާރސް އަދި ރާޅުގަޑު އެވެ.


    ކޮންމެ ޓީމެއް 2 މެޗް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދަތުރު ކުރާގޮތައް ތާވަލް ކުރެވިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައިވަނީ 27 ޖޫން ވާ އަނގާރަ ދުވަހުއެވެ. މުބާރާތުގެ ފުރަތަަމަ މެޗުގައި ބައްދަލު ކުރަން ހަމަ ޖެހިފައިވަނީ ހެދުނު 7:00 ގައި ކުޅެން ހަމަޖެހިފައިވަނީ ޕްރޮގްރެސިވް ސްޕޯޓްސް ކުލަބް އާއި ބްލެކް ޓައުނެވެ. 

    މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކަން ނުޖެހޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/2000 ރުފިޔާ އަދި ރަނަރަޕް ޓީމަށް -/1000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފާ މިމުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކުންފުނި އުރީދޫ މޯލްޑިވްސެވެ.






    ......................................................................................................................................................................
    އެސްއެމްއެސް ކަޕް ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި

    ސޮސައިޓީ ފޮ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) ގެ ފަރާތުން ގއ. މާމެންދޫ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އެސްއެމްއެސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.





    އެ ޓީމު ޗެމްޕިއަންކަން ހޯދީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި މުސީފް އަބްދުލްގަފޫރު ކާމިޔާބުކުރި ލަނޑާ އެކު 3-2 އިން ކްލަބް ޕީކޭ ބަލިކޮށްގެންނެވެ.

    މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ޕްރޮގްރެސިވް ސްޕޯޓްސް ކްލަބުގެ މުހައްމަދު ހާޝިމް، އަހުމަދު ޝަމީމް، ރާމިހް ރަމީޒް އަދި ކްލަބް ޕީކޭގެ އިބްރާހިމް ލަތީފް، އިބްރާހިމް ސަމީހް، އިހުސާން މުހައްމަދު އަދި މާމެންދޫ ޔަންގް ސްޓާސްގެ މުހައްމަދު އިމްތިޔާޒް އަހުމަދެވެ.
    މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް ހޮވުނުއިރު ފެއާޕްލޭ ކުޅުންތެރިޔަކީ އެ ޓީމުގެ އިބްރާހިމް ޝުހުރާބެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ މާމެންދޫ ޔަންގް ސްޓާސްގެ އިބްރާހިމް ހަސަން އެވެ. އަދި 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ އެފްސީ ކަދެމަލެގެ ނާއިފް ޝަރީފެވެ.
    އެއް ވަނަ ގޯލްކީޕަރުގެ މަގާމް ޔަންގް ސްޓާސްގެ ސާޖިދު އަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ މާމެންދޫ ޔަންގް ސްޓާސްގެ އައްސަދު އަބްދުﷲ އެވެ. އެންމެ ގިނަ ގޯލް ޖެހީ ޕީކޭގެ އިބްރާހިމް ސަމީހާއި މާމެންދޫ ޔަންގް ސްޓާސްގެ މުހައްމަދު އިމްތިޔާޒް އަހުމަދެވެ.
    އެސްއެމްއެސްގެ އޮފިޝަލަކު ބުނީ މި މުބާރާތުގެ ބޭނުމަކީ ބޮޑު ޗުއްޓީގެ ތެރޭގައި ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްބޯޅައިގެ ހުނަރު ތަރައްގީކުރުން ކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000ރ. ހުށަހަޅައިފަ އެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މީގެ އިތުރުން ސާފް ފިއުލް. މި މުބާރާތުގެ ރެފްރީންގެ ފެންވަރު ދައްކަމުން މެޗްތަކުގެ ނިންމުންތައް ނިންމާފައިވަނީ ބެލުންތެރިންނާއި ކުޅިވަރަށް ލޯބިކުރާ މީހުންގެ ހިތްތަކަށް ހިތި ތީރު ތަކެއް އޮހޮރާލުމައްފަހުގައެވެ. މުބާރާތް ނިމިގެން ދިޔަ އިރު ޕީކޭގެ ބައެއް 
    ކުޅުންތެރީންނާއި ހިންގުންތެރިން ބޮޑެތި ޖޫރިމަނާއެކު ސަސްޕެންޝަން ތަކެއް ކޮއްފައިވެއެވެ. 

    ......................................................................................................................................................................










    މާމެންދޫ އައިލެންޑް ޑިވެލެޕްމަންޓްސް އެންޑް ޔޫތް އެވެއަރނެސް އެސޯސިއޭޝަން އިން ގއ.މާމެންދުގައި    01ޑިސެމްބަރ2013 އިން 08ޑިސެމްބަރ2013 އަށް ބޭއްވި މާމެންދުވާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން މިޑްޔާ ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. ރަނަރަޕްޓީމަށް ހޮވިފައިވަނީ ބެލެކްޓައުން ސްޕޯޓްސް، މުބާރާތުގެ 3ވަނަ ޓީމަކަށް ހޮވިފައިވަނީ ޕްރޮގްރެސިވް ސްޕޯޓްސް ކްލަބް އަދި މުބާރާތުގެ 4 ވަނަ ޓީމަކަށް ހޮވިފައިވަނީ އެފްސީ ހައުއްޑާ ސިޓީ އެވެ. މާމެންދުވާ ކަޕްގެ ޗެމްޕިއަން ޓީމަށް ހޮވިފައިވާ މިޑްޔާ ސްޕޯޓްސް އަށް މިބްލޮގްގެ ފަރާތުން ހޫނު މަރުހަބާއެއް އަރިސްކުރަން..

    ......................................................................................................................................................................



    No comments:

    Post a Comment